top of page

  ގޫގަލް ފޯމްސް (Google Forms)

ޓޫލްގެ ތަޢާރަފު

ގޫގަލް ފޯމްސް (Google Forms) އަކީ އޮންލައިންކޮށް ތަފާތު ކަންކަމާ ގުޅޭ ފޯމްތައް ތައްޔާރުކޮށް ފޯމްތައް ފުރުމަށްޓަކައި ވަރަށް ބޭނުންތެރި ޓޫލެކެވެ. އޮންލައިންކޮށް މަޢުލޫމާތު އެއްކޮށް ރައްކާކުރުމަށްޓަކައި މި ޓޫލް މިހާރު ވަރަށް އާންމުކޮށް ބޭނުންކުރެއެވެ. މި ޓޫލަކީ އެކި އެކި ކަންކަމަށް ސާރވޭ ހަދާ މީހުންނަށް މަޢުލޫމާތު އެއްކުރަން ބޭނުންކުރަން ވަރަށް ފަސޭހަ ޓޫލެކެވެ. މި ޓޫލަކީ ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމާއި އުނގަންނައިދިނުމުގެ އެކިއެކި ކަންކަމުގައި ނުހަނު ބޭނުން ހިފިދާނެ ޓޫލެކެވެ.

ޓޫލްގެ ލިންކް: https://docs.google.com/forms

ކިޔަވައިދިނުމުގައި ޓޫލު ބޭނުންކުރާނެގޮތާއި ފައިދާ ކުރާނެގޮތްތައް

ދަރިވަރުންގެ ފެންވަރު ވަޒަން ކުރުމަށާއި ކުއިޒުތައް ކުރިއަށް ގެންދިއުމަށާއި ސާވޭ ކުރުމަށްޓަކައި ގޫގަލް ފޯމްސް ބޭނުންކުރެވެއެވެ. ހަމައެހެންމެ ފީޑްބެކް ދިނުމާއި ދަރިވަރުންނަށް ފިލާވަޅާ ގުޅޭ މަސައްކަތްތައް ދިނުމަށް ތަފާތު ވައްތަރުގެ ވޯކް ޝީޓްތައް ހެދުމަށްޓަކައި މި ޓޫލްގެ ބޭނުންކުރެވެއެވެ. މިޓޫލަކީ ވެސް ކުލާސްރޫމް ތެރޭގައި ވެސް ދަރިވަރުން ޝަޢުޤުވެރި ކުރުވައިގެން ފިލާވަޅުތަކާ ގުޅުވައިގެން ކުއިޒް ކަހަލަ ގޭމްތައް ކުރިއަށްގެންދިއުމަށް ބޭނުންކުރުމަށް ވަރަށް ރަނގަޅު ޓޫލެކެވެ.

ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ

ގޫގަލް ފޯމްސް ބޭނުންކުރުމުގައި ޔޫޓިއުބްގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.

https://www.youtube.com/watch?v=Z66DwPXzVvM

https://www.youtube.com/watch?v=xnOawMT4_QI

 

ޓޫލް ބޭނުންކުރުމަށް ވެބްސައިޓުތަކުގެ އެހީ

ގޫގަލް ފޯމްސް ބޭނުންކުރުމުގައި ވެބްސައިޓްތަކުގެ އެހީ ހޯދުމަށްޓަކައި ތިރީގައިވާ ލިންކްތައް ބޭނުންކުރެވޭނެއެވެ.

https://gsuite.google.com/learning-center/products/forms/get-started/#!/

https://www.mydatascope.com/blog/en/2018/06/15/advantages-and-disadvantages-of-google-forms/

  ގޫގަލް ޑޮކްސް (Google Docs)

ޓޫލުގެ ތަޢާރަފް

ގޫގަލް ޑޮކް އަކީ އޮންލައިންކޮށް ބޭނުންކުރެވޭ މައިކްރޯ ސްފޮޓް ވޯޑް، ޕަަވަރ ޕޮއިންޓް، އެކްސެލް،ފޯމްސް އެއްތަނެއްގައި ބޭނުންކޮށްގެން މަސައްކަތް ކޮށްލެވިދާނެ ޓޫލެކެވެ.  މިޓޫލު ބޭނުންކޮށްގެން ފަސޭހަކަމާއެކު އެކި ފޯމެޓް ތަކަށް ލިޔުންތައް ބަދަލުކޮށް ސޭވް ކޮށްލެވެއެވެ. އަދި މީގެ އިތުރުން ގޫގަލް ޑޮކްގައި ބަހައްޓާ ބޭނުންފަރާތަކަށް ޝެއަރ ކޮށް ފޮނުވާ ވެސް ލެވެއެވެ.  

ޓޫލުގެ ލިންކް https://docs.google.com/document/u/0/

ޓޫލުގެ ބޭނުން ކިޔަވައިދިނުމުގައި  ހިފިދާނެގޮތްތައް

މިޓޫލު މެދުވެރިކޮށް ދަރިވަރުންނަށް ދޭން ބޭނުންވާ ނޯޓްސް އަދި ޕްރެޒެންޓޭޝަން ފަދަ ތަކެތި ފަސޭހަ ކަމާއެކު ތައްޔާރުކޮށް ޝެއަރ ކުރެވެއެވެ. އަދި އޭގެ ކޮޕީއެއް ބޭނުންވާނމަ ބޭނުން ފޯމެޓަކަށް ސިސްޓަމަށް ނުވަތަ ޕެންޑްރައިވަށް ސޭވް ކުރުމުގެ ފުރުޞަތު ވެސް ލިބިގެންދެއެވެ.  މިޓޫލުގައި ތައްޔާރުކުރުމަށް ބޭނުންކުރާ ބައިތަކަކީ މައިކްރޯ ސްފޮޓް ވޯޑް، ޕަަވަރ ޕޮއިންޓް، އެކްސެލް،ފޯމްސް އެއްވެސް ތަފާތެއް ނެތް އެއްޗެއް ކަމުން ބޭނުންކުރަން ވެސް ފަސޭހަވާނެއެވެ. 

ޓީޗަރުންނާއި ދަރިވަރުންނަށް މި ޓޫލު ބޭނުންކުރާ ގޮތްތަކުގެ މެނުއަލް ތިރީގައިވާ ޔޫޓިއުބް ވީޑިޔޯތަކުން ފެނިގެންދާނެއެވެ. 

  ގޫގަލް ހޭންގްއައުޓްސް (Google Hangouts)

ޓޫލުގެ ތަޢާރަފް

ގޫގަލް ހޭންގްއައުޓަކީ މެސެޖް ކުރުމާއި އޯޑިޔޯ ކޯލް އަދި ވީޑިޔޯ ކޯލަށް ޚާއްސަ ޓޫލެކެވެ. ހޭންގްއައުޓް ބޭނުންކޮށްގެން ވަރަށް ފަސޭހަކަމާއެކު ގްރޫޕެއް ހަދާފައި މެސެޖް ކުރެވެއެވެ. އަދި ހަމަ މިގޮތަށް ވީޑިޔޯ ކްލޯ ވެސް ކުރިއޭޓްކޮށް އިންވައިޓް ކުރެވެއެވެ.  ހޭންގްއައުޓް ބޭނުންކޮށްގެން ކުރެވޭ ވީޑިޔޯ ކޯލް ކުރެވެނީ ގޫގަލް މީޓް މެދުވެރިކޮށެވެ. ނަމަވެސް މެސެޖް ކުރުމާއި އޯޑިޔޯ ކޯލް ކުރެވެނީ ހަމަ ޓޫލުގެ ތެރެއިންނެވެ.

ޓޫލްގެ ލިންކް: https://hangouts.google.com/

 ކިޔަވައިދިނުމުގައި މިޓޫލު ބޭނުންކުރެވޭނެގޮތް

މިޓޫލު މެދުވެރިކޮށް ފަސޭހަކަމާއެކު ވަކިވަކި ދަރިވަރުންނަށް އަދި ގްރޫޕެއް ނުވަތަ ކުލާހެއް ހަދާފައި އެންމެނަށް އެކުގައި މެސެޖް ކުރެވެއެވެ. މިހެންވުމުން، ދަރިވަރުންނަށް އަންގަން ބޭނުންވާ މެސެޖްތައް ދަރިވަރުންނަށް ފަސޭހަ ކަމާއެކު މިޓޫލު މެދުވެރިކޮށް ފޮނުވާލެވެއެވެ.  އަދި މީގެ އިތުރުން އޮންލައިން ކުލާސްތައް ބޭއްވުމަށް މިޓޫލު މެދުވެރިކޮށް ގޫގުލް މީ އެންމެ ރަނގަޅު އެއްޓޫލެވެ. އަދި މީގެ އިތުރުން އެކި ފިލާވަޅުތައް އިތުރަށް ދަރިވަރުން އޮޅުންފިލުވަން ބޭނުންވާ ހިނދެއްގައި ހޭންގްއައުޓްގެ އޯޑިޔޯ ކޯލްއަކީ ވެސް އެހާމެ ރަނގަޅު އެއްޗެކެވެ. 

ތިރީގައިވާ ޔޫޓިއުބް ލިންކްތަކުން މިޓޫލު ބޭނުންކުރާނެ ގޮތްތައް ކިޔައިދިފައި އެވަނީ އެވެ. 

 ޖީ މެއިލް (Gmail)

ތަޢާރަފް

ޖީ މެއިލްއަކީ މަޢުލޫމާތުތައް ޑޮކިއުމެންޓްތަކުގެ އެހީގައި އެކި ފަރާތްތަކަށް ފޮނުވުމާއި ލިބިގަތުމަށް ބޭނުންކުރަން އެންމެ ފަސޭހަ ޓޫލެވެ. ގޫގުލްގެ ގިނަ ޓޫލްތައް ބޭނުންކުރެވޭނީ ޖީ މެއިލްގެ އެކައުންޓުން ލޮގިން ވުމަށްފަހުގައެވެ. އަދި ހަމަ އެހެންމެ ޖީ މެއިލް މެދުވެރިކޮށް ގޫގަލްގެ ހުރިހާ ޓޫލްތަކަށް ވަދެވެއެވެ. މިގޮތުން ގޫގަލް ސައިޓް ތައްޔާރުކުރުމާއި ގޫގަލް ޑްރައިވްއަށް ވަނުމަށް ކޮންމެހެން ވެސް ޖީ މެއިލްއަށް ވަންނަންޖެހެއެވެ. މީގެ އިތުރުން ވެސް ގޫގުލް ހޭންޑްއައުޓް ބޭނުންކުރެވޭނީ ގޫގުލް އެކައުންޓަށް ލޮގިން ވުމަށް ފަހުގައެވެ. 

ކިޔަވައިދިނުމުގައި ޖީމެއިލް ބޭނުންކުރެވޭނެގޮތް

ކިޔަވައިދިނުމުގައި ޖީމެއިލް ބޭނުންކުރެވޭނެ އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި ގޮތަކީ ނޯޓްތަކާއި ކިޔެވުމާއި ގުޅޭ ތަކެތި މުދައްރިސުން ދަރިވަރުންނަށް އަދި ދަރިވަރުން ދަރިވަރުންނަށް ވެސް މެއިލްގެ ޒަރީއާއިން ފޮނުވާ ޙިއްސާކުރުމެވެ.   އަދި ހަމަ އެހެންމެ މިގޮތަށް ޖީމެއިލް މެދުވެރިކޮށް ފޮނުވޭ ތަކެއްޗަކީ ކިތަންމެ ދުވަހެއް ވިޔަސް ރައްކާތެރި ގޮތުގައި ހުންނާނެ އެއްޗެއް ސެވެ. މިހެންވުމުން މިމަޢުލޫމާތުތަކަކީ ކިތަންމެ ދުވަހެއް ފަހުން ހޯދަން ބޭނުންވިޔަސް ލިބޭނެ އެއްޗެކެވެ. 

ޔޫޓިއުބް ބޭނުންކުރާނެގޮތް

 ގޫގުލް ސްލައިޑް (Google Slide)

ޓޫލްގެ ތަޢާރަފު

މިއީ މައިކްރޯ ސޮފްޓުން ތައްޔާރުކޮށްފައިވާ މައިކްރޯ ސޮފްޓް ޕަވަރ ޕޮއިންޓާ އެއްފަދަގޮތަކަށް ގޫގަލް އިން އުފައްދާފައިވާ އައި.ސީ.ޓީ ޓޫލެކެވެ. އުފެއްދުންތެރި ޑިޒައުންތަކާއި ޝައުޤުވެރިވާފަދަ އެނިމޭޝަންސްތައް ގޫގަލް ސްލައިޑްސްގައި ހިމަނާފައިވެއެވެ. އެހެންކަމުން ގޫގަލް ސްލައިޑްސް މެދުވެރިކޮށް ފިލާވަޅުތައް ޝައުޤުވެރިކަމާއެކު ހުށަހަޅައިދެވެއެވެ. މީގެއިތުރުން އެއްފަހަރާ އެތައްބަޔަކަށް ގޫގަލް ސްލައިޑްސްއަށް މައުލޫމާތު އުނި އިތުރުގެނެވެއެވެ.

ކިޔަވައިދިނުމުގައި މިޓޫލު ބޭނުންކުރެވިދާނެ ގޮތްތައް

ދަރިވަރުންގެ ފެންވަރު ވަޒަންކުރުމަށް މި ޓޫލަކީ މުހިންމު ޓޫލެކެވެ. ހަމައެހެންމެ ލެކްޗަރ ގަޑިތައް ނަގައިދިނުމާއި ވީހާވެސް ބޮޑަށް ވިޒުވަލްކޮށް ފިލާވަޅާއި ގުޅޭ މައުލޫމާތާއި ތަސްވީރުތައް ދެއްކުމަށްޓަކައި މި ޓޫލް އެހީވެދެއެވެ. މިއީ ފިލާވަޅު މުރާޖާކުރުމަށާއި ދަސްކުރުމަށް ބޭނުންކުރަން ފަސޭހަ ޓޫލެކެވެ. މި ޓޫލް ކިޔަވައިދިނުމުގައި ބޭނުންކުރުމުގެ ސަބަބުން ދަރިވަރުން ފިލާވަޅުގެ ތެރެއަށް ވައްދައިދީ ޝައުޤުވެރިކުރުވައެވެ. ހަމައެހެންމެ އެއްފަހަރާ ހުރިހާކުދިންނަށް މަސައްކަތް ކުރަން ފުރުސަތު ހޯދައިދެއެވެ. މިކަމުގެ ސަބަބުން ދަރިވަރުންގެ ބައިވެރިވުން ބޮޑުވެއެވެ. މީގެއިތުރުން އޮޓޯސޭވްވެފައި އެއްފަހަރާ ގުރޫޕް މަސައްކަތްތައް ކުރިއަށް ގެންދެވޭތީ މި ޓޫލަކީ ހުރިހާ ވައްތަރެއްގެ ލާރނާސްއަށްވެސް ކަމުދާ ޓޫލަކަށް ވެފައި މި ޓޫލްގެ ބޭނުން ބޮޑެވެ.

ޓޫލް ބޭނުންކުރުމަށް ޔޫޓިއުބްގެ އެހީ

 ގޫގުލް ޝީޓްސް (Google Sheets)

ޓޫލްގެ ތަޢާރަފު

މިއީ މައިކްރޯ ސޮފްޓުން ތައްޔާރުކޮށްފައިވާ މައިކްރޯ ސޮފްޓް އެކްސެލްއާ އެއްފަދަގޮތަކަށް ގޫގަލް އިން އުފައްދާފައިވާ އައި.ސީ.ޓީ ޓޫލެކެވެ. އުފެއްދުންތެރި ޑިޒައިންތަކާއި ޝައުޤުވެރިވާފަދަ މޮޅުކަންކަން މިޓޫލުގައި ހިމަނާފައިވެއެވެ. ޚާއްސަގޮތެއްގައި މިޓޫލަކީ ހިސާބު ފަދަ ކަލްކިއުލޭޝަންތައް ކިޔަވައިދޭ ކުލާސްތަކުގައި ބޭނުންކުރުމަށް ވަރަށް ރަނގަޅު ޓޫލެކެވެ. އެެހެނީ، މިޓޫލް ބޭނުންކޮށްގެން ފޯމްފިއުލަރ  ބޭނުންކޮށްގެން ހިސާބުތައް ހެދެއެވެ. މައިކްރޯ ސޮފްޓްގެ ބަދަލުގައި ގޫގަލްގައި މިތަކެތި ތައްޔާރު ކުރުމުން ލިބިގެންދާނެ ފައިދާއަކީ ފަސޭހަ ކަމާއެކު ގޫގަލް ޝީޓު އެހެން މީހުންނާއި ހިއްސާކޮށް ޝެއަރކޮށްލެވުމެވެ. އަދި ހަމަ އެހެންމެ ބޭނުންކޮންމެ ފޯމެޓަކަށް ސިސްޓަމްގައި ސޭވް ކުރުމުގެ އިޙްތިޔާރު ވެސް މިޓޫލުގެ ސަބަބުން ލިބިގެންދެއެވެ. 

ކިޔަވައިދިނުމުގައި މިޓޫލު ބޭނުންކުރެވިދާނެ ގޮތްތައް

ކިޔަވައިދޭއިރުގައި ތާވަލް ބޭނުންކޮށްގެން ކިޔަވައިދޭންޖެހޭ ކަހަލަ ފިލާވަޅުތައް ގެންދާއިރުގައާ އަދި ހިސާބު ހަދަންޖެހޭ ކަހަލަ މާއްދާތައް ކިޔަވައިދޭއިރުގައި މި ޓޫލް ބޭނުންކުރުމުން ކުދިންނަށް ފަސޭހަވެ މުދައްރިސުންނަށް އެބުނެދޭން ވެސް ފަސޭހަވެއެވެ. އަދި ތާވަލް ކަހަލަ އެއްޗެހި ހަދަން ދަސްކޮށްދީ އެފަދަ ތާވަލްތައް ހަދާ ދަރިވަރުންނާ މިޓޫލް މެދުވެރިކޮށް ހިއްސާ ވެސް ކުރެވިދާނެއެވެ. 

ޓޫލް  ބޭނުންކުރާނެގޮތް:

 ގޫގަލް ކަލަންޑަރ (Google Calendar)

ޓޫލްގެ ތަޢާރަފު

ގޫގަލް ކަލަންޑަރއަކީ ވަގުތުތައް ކަނޑައަޅާ ކަލަންޑަރ ބޭނުންކޮށް ކަންކަން ޝެޑިއުލް ކުރުމަށް ބޭނުންކުރާ ޓޫލެކެވެ. މިގޮތުން ދުވަސް ކަނޑައަޅާ އަދި އެދުވަހެއްގެ ވަގުތު ވެސް ކަނޑައަޅެއެވެ. 

ކިޔަވައިދިނުމުގައި މިޓޫލު ބޭނުންކުރެވިދާނެ ގޮތްތައް

މިޓޫލު ބޭނުންކޮށް ކިޔަަވައިދިނުމުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ މަސައްކަތްތަކާއި އިވެންޓްތަށް ޝެޑިއުލް ކޮށްފައި ބެހެއްޓިދާނެއެވެ. އޭރުން އެވަގުތެއްގައި ރިމެއިންޑަރ އިން އެކަން ހަނދާން ކޮށްދޭނެއެވެ.  މިކަމުގެ ސަބަބުން ހަނދާން ނެތުމުގެ ސަބަބުން މިސްވެގެންދާ ކަންކަަމަށް ހައްލެއް ލިބިގެންދާނެއެވެ. އަދި މިގޮތަށް ޝެޑިއުލް ކުރެވޭ ދުވަސްތައް އެހެން މީހުންނާއި ވެސް ހިއްސާކުރެވެއެވެ. އޭރުން އެފަރާތްތަކަށް ވެސް ނޮޓިފިކޭޝަން ލިބޭނެއެވެ. 

ޓޫލް  ބޭނުންކުރާނެގޮތް:

 ގޫގަލް ޑްރައިވް (Google Drive)

ޓޫލްގެ ތަޢާރަފު

ގޫގަލް ޑްރައިވަކީ ފައިލްތަކާއި ޑޮކިއުމެންޓްތައް ފައިލްކުރުމުގެ މައި ހަބެވެ. 

ކިޔަވައިދިނުމުގައި މިޓޫލު ބޭނުންކުރެވިދާނެ ގޮތްތައް

ކިޔަވައިދިނުމަށް ބޭނުންކުރާ ޑޮކިއުމެންޓްތައް ދިގު މުއްދަތަކަށް ބޭނުންކުރުމަށްޓަކައި ގޫގަލް ޑްރައިވްއަށް އަޕްލޯޑް ކުރެވޭނެއެވެ. އޭރުން ވައިރަސް އަރައިގެން ޕެންޑްރައިވާއި ކޮމްޕިއުޓަރުން ޑޮކިއުމެންޓްތައް ހަލާކުވެ ގެއްލިގެން ދިއުމުން ސަލާމަށްވާނެއެވެ. އަދި ހަމަ މިއާއެއްކޮށް ގޫގަލް ޑްރައިވްގަ ހުންނަ ތަކެތި އެހެން މީހުންނާ ވެސް ޝެއަރ ކުރެވެއެވެ. އަދި މީހެން ޝެއަރ ކުރެވޭއިރު ބޮޑެތި ގިނަ ޑޮކިއުމެންޓްސް ހުންނަ ފައިލްތައް ވެސް ޝެއަރ ކުރެވެއެވެ. މިހެންވުމުން ކިޔަަވައިދިނުމުގައި ބޭނުންކުރާ ޑޮކިއުމެންޓްތައް ވެސް ބޮޑުކަމުން ނުފޮނުވެވި ހުންނާކަށް ނުޖެހެއެވެ. މިހެން ކަމުން ގޫގަލް ޑްރައިވަކީ ކިޔަވައިދިނުމުގައި ބޭނުންކުރާ ލިޔެކިޔުންތައް ވެސް ރައްކާތެރި ގޮތުގައި ރައްކާ ކޮށް އަދި ހިއްސާކުރުމަށް ރަނގަޅު ޓޫލެއް ކަމުގައި ދަންނަވަންޖެހެއެވެ. 

ޓޫލް  ބޭނުންކުރާނެގޮތް:

އިތުރު މަޢުލޫމާތު ހޯދުމަށް މެއިލް ކުރައްވާ !

ފޮނުއްވި ކަމަށްޓަކާ ޝުކުރިއްޔާ!

© 2023 by Train of Thoughts. Proudly created with Wix.com

bottom of page